އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދި)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި 20 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ ކަޅުތެޔޮ ޖެހި މައްސަލާގައި މީހަކު ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހީ މި މަހުގެ 16 ވަނަ ދުވަހުގެ ރެ އެވެ.
ތަފްސީލް - ފުލުހުން ބުނީ ކަލާފާނު ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގަޔަށް އެހެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ:
އަހުމަދު ރިޝްމާހު، 20، ސުލްތާން ވިލާ/ގއ. ދާންދޫ
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ ރައީސްގެ ދަރިކަލަކު ވޭޕް ބޭނުންކުރުމާ ވިދިގެން ވޭޕް ރާއްޖޭގައި މަނާކުރި ކަމަށް ބުނެ އޭނާ ދެއްކި ވާހަކަތަކެއްގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން:
ސާޖިދާ ވަނީ މަރިޔަމް ޒުބައިރުގެ މައްޗަށް މަދަނީ ދައުވާކުރަން ނިންމަވާފައި
އެ މައްސަލާގައި ފުލުހަށް ވެސް ހާޒިރުކޮށްފައިވޭ
މަރިޔަމް ޒުބައިރު ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ