ގަދަ އަޑާއި، ބޯދުމާއި، ގެދަބުޅިން ގދ. ފަރެސްމާތޮޑާގެ ރައްޔިތުންނަށް ވޭނާއި ހިތްދަތިކަން ގެނުވަމުންދިޔަ، 22 އަހަރުވީ އިންޖީނުގެ މިއަދު ނިއްވާލައިފި ކަމަށް ފެނަލަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަލައިން ބުނީ ފަރެސްމާތޮޑާގެ ކުރީގެ އިނޖީޏުގެ ނިވާލުމަށްފަހު، މުޅިން އަލަށް ޢިމާރާތްކޮށް ނިންމި މަރުކަޒީ އިންޖީނުގެއިން ރަށާއި އެއަރޕޯޓަށް މިއަދުން ފެށިގެން ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
ބާ އިންޖީނުގެ ނިއްވާލެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އަދި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.
ފަރެސްމާތޮޑާއަށް ޒަމާނީ އިންޖީނުގެއެއް، 22 އަހަރުވީ ބާ އިންޖީނުގެ ނިވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ