ސިއްހީ ދާއިރާގެ މުސާރަތައް ކަނޑައަޅައިފި

ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ މުސާރަ ބޮޑުކުރާނެ މިންވަރު ކަނޑައަޅައި ނިންމާފައިފިއެވެ.
ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ، ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށްވެސް ލިބޭނެ ގޮތަށް މުސާރަ ބޮޑުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ.
މިއަދުރައްޔިތުންގެ މަޖިލީހުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފައިޒަލް އިތުރަށް ބުނެފައިވަނީ، ސިއްހީ ދާއިރާގައި 55 ޕްރޮފެޝަން ހިމެނޭ ކަމަށާއި، އެ ހުރިހާ ފްރޮފެޝަނަކަށްވެސް ރަނގަޅު މުސާރައެއް ކަނޑައަޅާފައިވާނެ ކަމަށެވެ.
މީގެއިތުރުން، ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުމަށްޓަކައި ވޭތުވެދިޔަ އެއް އަހަރުތެރޭ، ސިއްހީ ދާއިރާއާއި ގުޅޭ ޖަމިއްޔާ ޖަމާއަތްތަކާއި ހެލްތް މިނިސްޓްރީއާއި އެކު މުހިންމު ގިނަ ބައްދަލުވުންތަކެއް ބޭއްވުނުކަން ވެސް ވަނީ ފާހަގަކުރައްވައިފައެވެ.
ސިއްހީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުން، ދާއިރާއަށް ދިވެހިންގެ ޝައުގުވެރިކަން އުފެދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ފައިޒަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ