މިއަދު ވެސް ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ
މިގޮތުން ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް މިއަދު ހަމަޖެހިފައިވާތީ، މެންދުރު 14:30 އިން 17:30 އަށް ހެންވޭރުގެ ބޮޑުތަކުރުފާނު މަގާއި، އަމީރު އަހުމަދު މަގު އަދި މެހެލި ގޯޅިއާއި، ފިލިގަސް މަގާއި، ސަނދުބަރަކަ ގޯޅީގެ އިތުރުން ރޯޝަނީ މަގާއި، ގަލަދުން ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެއިތުރުން މިއަދު މެންދުރު 14:00 އިން 16:30 އަށް ގަލޮޅުގެ އަލިކިލެގެފާނު މަގާއި، ބޮކަރުމާ ގޯޅި، ހިތަށްފިނިވާމަގު، އަދި ކަޅުހުރާ މަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
    
    މިއަދުވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            