މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އެމްޑީޕީން ނިންމައިފި

އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ.
އައު ޗެއާޕާސަން، ރައީސް މުހައްމަދު ނަޝީދާއެކު އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގަރާރު ހުށަހެޅީ އެ ޕާޓީގެ ސެކްރެޓޭރިއެޓުންނެވެ.
އެ ގަރާރުގައި ބުނެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމަން ގާނޫނުގައިވާ މުއްދަތު ދަންމާލައި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ހިމެނޭ ގޮތަށް އެމްޑީޕީގެ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށެވެ.
އަދި ރައީސް ޑރ.މުހައްމަދު މުއިއްޒާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދާ މީހުންނާއި، އަދި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ގޮތުގައި ތިބި މީހުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެފައިވެއެވެ.
މިރޭގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ގަރާރުގެ ދަށުން، ބުރާސްފަތި ދުވަހު ބާއްވާ އިހުތިޖާޖުގެ އިތުރުން، ވަޒީފާ ގެއްލޭ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ