ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިހްތިސާސަށް ބަދަލުގެނައުމަށް ރައީސް ނިންމަވައިފި

ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްގީކުރުމަށްޓަކައި އެ އަތޮޅު ހޯނޑެއްދޫގެ އިހްތިސާސަށް ބަދަލުތަކެއް ގެނައުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން ރައީސް ޑރ މުއިއްޒުވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް އިންޓަރގްރޭޓެޑް ޓުއަރިޒަމްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްގީކުރުމަށްޓަކައި އެ އަތޮޅު ހޯނޑެއްދޫގެ އިހްތިސާސުން އެ ރަށް ވަކިކޮށްފައިކަމަށެވެ.
އެމަނިކުފާނު މިގޮތަށް ނިންމެވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލުތަކުގެ އިހްތިސާސް ކަނޑައެޅުމަށް އެމަނިކުފާނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ގަރާރެއް މެދުވެރިކޮށެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިހްތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ