މާފުށީ ޖަލު ބަލާފާސްކުރަން ފަށައިފި

ކަރެކްޝަނަލް ސަރވިސްއިން ފުލުހުންނާ ގުޅިގެން މާފުށީ ޖަލުގައި މާފުށީ ޖަލުގައި ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އަދި ފުލުހުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ޖަލުތަކުގެ ބެލެހެއްޓުންތެރިކަމާއި ހަރުދަނާކުރުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ކުރަމުންނެވެ.
ޖަލުތަކުގެ ތެރޭގައި މަނާތަކެތި ގެންގުޅުމާއި، ކުށުގެ މައްސަލަތައް ޙައްލުކުރުމަށްވެސް ހަރުދަނާ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަންތަކުގެ އިތުރުން، ޖަލަށް ވައްދާ ތަކެތި ސްކޭން ކުރެވޭނެ ޒަމާނީ ނިޒާމުވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ.
މިމަހުގެ 15ވަނަ ދުވަހު ވަނީ، މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރ ޤާއިމުކޮށް، ޖަލަށް ޖަލައް ވައްދާ އެންމެހާ ތަކެތި ސްކޭން ކުރެވޭނެ ގޮތް ހަދާފައެވެ. މިއަހަރުގެ ފެބުރުވަރީ މަހު ވަނީ ޖަލަށް ވަންނަ މީހުން، ސްކޭން ކުރުމަށް ބޮޑީ ސްކޭނަރުވެސް ބަހައްޓާފައެވެ.
މިއީ މިފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރި ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން، އޮޅުވާލައިގެން ވަގަށް މާނާ ތަކެތި ޖަލަށް ވެއްދުމުގެ މަގު ބަންދުވާނެއެވެ. ނުވަތަ އެފަދަ ތަކެތި ހޯދުމަށް ބޮޑު ބާރަކަށްވާނެއެވެ.
ޖަލުތަކުގައި ތިބެގެން، ސްކޭމްގެ ބޮޑެތި ޢަމަލުތައް ހިންގާކަން މީގެ ކުރިންވެސް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އެކަމާ ގުޅޭ ގިނަ އޮޕަރޭޝަންތަކެއް ހިންގާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ