މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން
އިންތިޒާމު ކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ "އެމްއައިބީ ގެސްޓް ހައުސް
އެވޯޑްސް 2026" ގައި މައިގަނޑު އަށް ކެޓަގަރީއަކުން ކުރިމަތިލުމުގެ ފުރުސަތު
ގެސްޓް ހައުސްތަކަށް ހުޅުވާލައިފި އެވެ.
މި އެވޯޑުގައި ގެސްޓް ހައުސްތަކުން ވާދަކުރެވޭނެ
މައިގަނޑު އަށް ކެޓަގަރީއަކީ:
އެމްއައިބީން ބުނީ މި
އެވޯޑުތަކަށް އިންސާފު ކުރާނީ ދެފުށް ފެންނަ އިންތިޒާމެއްގެ ދަށުން އެވޯޑަށް ހުށަހަޅާ
ހެކިތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެކި ފަންތީގެ
ގެސްޓް ހައުސްތަކުގެ މެދުގައި އިންސާފުވެރި މުބާރާތެއް ބޭއްވުމަށްޓަކައި، ކޮޓަރީގެ
އަދަދަށް ބަލައި ދެ ގްރޫޕަކަށް (ޓިއާ) ބަހާލައިގެން އެވޯޑުތައް ވަޒަންކުރުމަށް
ވަނީ ނިންމާފައި ކަމަށް ބުންޏެވެ.
ޓިއާ 1 ހާއްސަކޮށްފައި ވަނީ 3
ކޮޓަރިއާއި 10 ކޮޓަރިއާ ދެމެދުގެ ކުދި ގެސްޓް ހައުސްތަކަށެވެ. ޓިއާ 2 އެއީ 11 ކޮޓަރިން
ފެށިގެން މަތީގެ ގެސްޓް ހައުސްތަކަށެވެ.
އެމްއައިބީއިން މި އެވޯޑަށް ހާއްސަ ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް މިހާރު ހުށައެޅޭނެ އެވެ.
އެމްއައިބީ ގެސްޓް ހައުސް އެވޯޑުގައި 8 ކެޓަގަރީއަކުން ވާދަކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ