75% ވޯޓުން ރައީސް ޔާމީން 2018 ކާމިޔާބު ކުރައްވާނެ - އަބްދުއްރަހީމް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނީ ވޯޓުގެ 75 ނުވަތަ 80 އިންސައްތަ ހޯއްދަވައިގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އިންސާފުވެރިކޮށް ކަންކަން ކުރިއަށް ގެންދިއުމުގެ އިތުރުން، ތަރައްޤީގެ މަޝްރޫއުތައްވެސް ހަލުވިކަމާއި އެކު ކުރިއަށް ގެންދިއުމުގެ ސަބަބުން އެމަނިކުފާނާއި އެކުގައި ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން އެބަތިބި ކަމަށެވެ.
އެގޮތުން މި ވެރިކަމުގައި މަގާމަށް ގިންތިއަށް ބެލުމެއްނެތި ހަމަހަމަކަމާއި އެކު ފިޔަވަޅު އަޅަމުން ގެންދާ އިރު އެކަމުން މިއީ ޤާނޫނީ ވެރިކަމެއްކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރެއްވީ ގާނޫނޫ އަސާސީއާއި ގާނޫނު ތަކުގެ ބޭރުން ކަމަށާއި، އެމްޑީޕީގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
"ސަރުކާރަށް ފާޑުކިޔަން އެމްޑީޕީން ލަދުގަންނަން ޖެހޭނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޕީޕީއެމް އަކީ އެންމެ ކާމިޔާބު ސިޔާސީ ޕާޓީ ކަމަށާއި، އެމްޑީޕީ ސަރުކާރު އޮތް ދުވަސްވަރުވެސް، ޕީޕީއެމް އިން ސަރުކާރު ޒިންމާދާރު ކުރުވާފައި ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ