ސަލާމަތީ ބާރުތަކާ ކޯޓުތައް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޭނުން ކުރަމުން ގެންދަވަނީ ސިޔާސީ ގޮތުން ބަލިވެވަޑައިގެންނެވުމުންތޯ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ސުވާލު ކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން ކުރާ އިސްލާހީ މަސައްކަތެއް ކަމަށެވެ. Gulhifaivā party thakun mikuranī qānūnī imuge therein kurā islāhī masakkatheh. 1/2— Maumoon Abdul Gayoom (@maumoonagayoom) July 27, 2017
ރައީސް މައުމޫންވަނީ ސިފައިންނާއި ފުލުހުންނާއި ކޯޓުތައް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޭނުން ކުރައްވަން ފެއްޓެވީ ސިޔާސީ ގޮތުން ބަލިވެވަޑައިގެންނެވުމުންތޯ އައްސަވާފައެވެ.
ރައީސް މައުމޫންގެ އެ ސުވާލު އަމާޒު ކުރެއްވި ވަކި ބޭފުޅަކު ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ރައީސް މައުމޫންގެ ބަހުގެ އެ ހަމަލާތައް އަމާޒު ކުރައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ގަބޫލު ކުރެވެއެވެ.
އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވަނީ ހައްޔަރުކޮށްފައެވެ. އަދި އިދިކޮޅު ބައެއް އެހެން މެންބަރުންނާ ދެކޮޅަށް ބާރު ސްޕްީޑުގައި ތަހުގީގުތައް ހިނގަމުންދާ އިރު އިދިކޮޅު ބައެއް ފަރާތްތަކުގެ ޝަރީއަތްތައް ވެސް އެ ސްޕީޑުގައި ކުރިއަށް އެބަދެއެވެ.
ސަލާމަތީ ބާރުތަކާ ކޯޓުތައް ބޭނުން ކުރަނީ ބަލިވުމުން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ