ޕާޓީ ބަދަލުކުރިޔަސް ކައުންސިލް ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

ރަށު ކައުންސިލްކަމާއި އަތޮޅު ކައުންސިލް ކަމަށް އިންތިހާބުވާއިރު ހުންނަ ޕާޓީ ފަހުން ބަދަލުކުރިޔަސް މެމްބަރުކަމުގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކޮށްފައި ވަނީ އައްޑު އަތޮޅު ހިތަދޫ ލާމިގޭ މޫސާ އަންވަރު އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބެލުމަށް ފަހުގައެވެ. ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް އޮތުމަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި ހިލާފް ކަމެއް ކަމަށެވެ.އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ މާއްދާގެ (ބ) ބާތިލްކުރާ ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމް ކޮށްފައި ވާއިރު އިދާރީ ދާއިރާތައް ލާމަރުޒަކީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ މާއްދާގެ (ބ) ގައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން ކައުންސިލް މެމްބަރުކަމަށް އިންތިހާބުވާ ފަރާތްތައް އިންތިހާބުވިއިރު ނިސްބަތްވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ އެ މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ