އެންދެރިމާގެ އަށް ފުލުހުން ވަނީ ގަދަކަމުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެންދެރިމާގެ އަކީ ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅު ކަމަށްވާއިރު އެމަނިކުފާނު ވިދާޅުވީ ކޯޓު އަމުރުގައިވާ ގޮތާ ހިލާފަށް ފުލުހުން އެންދެރިމާގެ އަށް ގަދަކަމުން ވަދެގެންފައިވާ ކަމަށެވެ.
"ކޯޓު އަމުރުގައި އޮތީ ފާރިސްއާ ގުޅޭ ތަންތަން ބަލާ ފާސްކުރުމަށް. އެންދެރިމާގެ އަކު ފާރިސްގެ ކޮޓަރިއެއް އަދި އޮފީހެއް ނުހުންނާނެ. މިހެން ބުނި ނަމަވެސް ވަދެގަތީ. އަދި ތަންތަނަށް ތަކެތި ބާލަނީ" މައުމޫން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެންދެރިމާގެ އަށް ފުލުހުން ވަތްއިރު ރައީސް މައުމޫން ހުންނެވީ ފާރިސް މައުމޫން ދިރިއުޅުއްވާ މ.ސްނޯރޯސްގައެވެ.
ފާރިސް ދިރިއުޅުއްވާ ގެ ބަލާފާސްކުރުމަށްފަހު ފުލުހުން ވަނީ ދާދި ދެންމެއަކު ފާރިސް ހައްޔަރުކޮށްގެން ގެންގޮސްފައެވެ. ފާރިސް ހައްޔަރުކުރީ ޤާނޫނާއި ހިލާފަށް ޤާނޫނީ ވެރިކަން ވައްޓާލަން މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމުގެ ތުހުމަތުގައެވެ.
ފާރިސް ހައްޔަރުކުރިއިރު ހަ މަހަށްވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު ފާރިސް ދޫކޮށްލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފާރިސް ހައްޔަރުކުރިއިރު އޭނާގެ މައްޗަށް މިހާރު ވެސް ދަނީ ދެ ދައުވާއެއް ކުރަމުންނެވެ. އެއީ މެންބަރުންނަށް ރިޝްވަތު ދީގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ބަދަލު ކުރަން އުޅުމުގެ ތުހުމަތުގައި ކުރާ ރިޝްވަތުގެ ދައުވާއާއި ޝަހްސު އޮޅުވާލި ކަމަށް ބުނެ ކުރަމުންދާ ދައުވާއެވެ.
އެންދެރިމާގެ އަށް ފުލުހުން ވަނީ ގަދަކަމުން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ