އަރިހުގައި މަސައްކަތް ކުރި މުވައްޒަފުން ހައްޔަރުކުރުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އަދާޔާ ހިލާފު، ހައިރާން" ކަމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް މައުމޫން ވިދާޅުވީ، އެކަން އެމަނިކުފާނަށް ސިފަ ވެސް ނުކުރެއްވޭ ކަމަށެވެ.
އިއްޔެ ހައްޔަރު ކުރި މުވައްޒަފުންގެ މައްޗަށް ވެސް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތުގެ ފައިސާ ބަހައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތެވެ. ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވަން އުޅުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތު ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ވަނީ މުވައްޒަފުންގެ މައްޗަށް ކޮށްފަ އެވެ.
ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމާއި އެމަނިކުފާނުގެ ބޮޑީގާޑް މުހައްމަދު އަޒްމީ އަދި ބިދޭސީ ޑްރައިވަރެއް އިއްޔެ ހައްޔަރު ކުރި އިރު އެ މުވައްޒަފުންނަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. މުވައްޒަފުން ހައްޔަރުކުރީ އެމީހުން ގެތައް ވެސް ބަލާ ފާސްކޮށްފަ އެވެ.
ނަމަވެސް ނަޖުމާއަކީ އަށް މަހުގެ ކުއްޖެއްގެ މަންމައަށްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރޭ އޭނާ ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. ނަޖުމާގެ ގެ ބަލާ ފާސްކޮށް އިއްޔެ ފުލުހުން ގެންދިޔައީ އޭނާގެ ފޯނާއި ބުރުގަލެކެވެ.
މި ކަހަލަ ތުހުމަތު ތަކެއްގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވެސް ވަނީ ހައްޔަރުކޮށްފައި ވާއިރު ފާރިސް ހައްޔަރުކޮށްފައިވާއިރު އޭނާގެ ގެ ބަލައި ފާސްކޮށްގެން އެއްވެސް އެއްޗެއް ފެނިފައެެއް ނުވެ އެވެ. ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެއިން ވެސް އެއްޗެއް ފުލުހުންނަށް ނުހޯދެ އެވެ.
ދެ މުވައްޒަފުން ހައްޔަރުކުރުމުން މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ