ސްޕްރީމް ކޯޓުން ހުށަހެޅި މައްސަލައާމެދު އެމްބީސީގެ ކަންބޮޑުވުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ގާނޫނުން ލާޒިމް ކުރާ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބެލުމަށް ސުޕްރީމް ކޯޓުން އަމުރު  ކޮށްފައިވާތީ  އެކޮމިޝަނުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބް ވިދާޅުވީ، ރާއްޖެ ޓީވީން ފޮނުވި ރިޕޯޓެއްގެ މައްސަލަ ބެލުމަށް ސްޕްރީމްކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެ މައްސަލަ10 ދުވަހުގެ ތެރޭގައި ބެލުމަށް އަންގާފައި ވަނިކޮށް ކަމަށާއި، ގާނޫނުގައިވާ ގޮތުގެ މަތީން  އެމައްސަލަ އެކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
 
އެހެންކަމުން
އެއީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ ކަމެއްކަމަށް އެކޮމިޝަނުން ދެކޭ ކަމަށް ޝަހީބު ވިދާޅުވިއެވެ.
 
ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން މައްސަލަ ބަލައިދޭނެ ކަމަށް އެކޮމިޝަނުން ވަނީ މިމަހުގެ 24 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ދަންނަވާފައެވެ.
 
މިކަމާ ގުޅިގެން އެކޮމިޝަނުގެ ކަންބޮޑުވުންތައް ރައީސުލްޖުމުހޫރިއްޔާއަށާއި، ސުޕްރީމް ކޯޓުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
 
 
ރާއްޖެ ޓީވީން ބުރޯޑްކާސްޓްކޮށްފައިވާ އެ ރިޕޯޓަކީ ސުޕްރީމް ކޯޓާ ބެހޭ ގޮތުން ފޮނުވާފައިވާ ރިޕޯޓެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ