ޕެޓްރޯލް ނުވަތަ ޑީސަލަށް މުޅިން ބަރޯސާވާ ކާރުތައް ވިއްކުމަކީ މަނާކަމެއް ކަމަށް ކަނޑައެޅުމަށްޓަކައި އިނގިރޭސި ވިލާތާއި ފްރާންސުން ނިޔަތްގަނެފި އެވެ. މި ބީދައިން ގާނޫނެއް ފާސްކޮށް 2040ގައި އަމަލުކުރަން ފަށާނެ ކަމަށް އެބަ ބުނެ އެވެ.
އަވަށްޓެރި އިންޑިޔާ އަށް މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު ހިތާމަ އަކީ ވައި ތަޣައްޔަރުވުމެވެ. ކަރަންޓް ކާރަށް ބަރޯސާވުމަކީ އިންޑިޔާ ވެސް ދެކޭ ހުވަފެނެކެވެ. ރަސްމީ އިދާރާތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ، 2030 ލައިގަތުމުގެ ކުރިން އިންޑިޔާގެ މަގުތަކުގައި ކަރަންޓް ކާރުތައް އާދައިގެ އުޅަނދަކަށް ވާނެ އެވެ. މި ކަމަށް އިންޑިޔާއިން އަޒުމު ކަނޑައަޅައިފި އެވެ.
ކަރަންޓް ކާރުތަކާއި އަމިއްލަ އަށް ދުވާ ކާރުތައް ދުނިޔެ އަށް ތައާރުފުކޮށްފި އެވެ. މައިގަނޑު ބޭނުމަކީ ޕެޓްރޯލް އަދި ޑީސަލަށް އިތުބާރުކުރެވެން ނެތުމެވެ. ޕެޓްރޯލާއި ޑީސަލުން ހަކަތަ ހޯދައިގެން ދުއްވާ އުޅަނދުފަހަރުގެ ސަބަބުން ވައި ނުސާފުވެ، ނޭވާލެވެން ނެތުމެވެ.
ޓެކްނޮލޮޖީ ކުންފުނިތަކުގެ ބުރަ މަސައްކަތާ އެކު ކަރަންޓް ކާރުތައް ތައްޔާރުކޮށް، މަގުތަކަށް ނެރެވޭ ފެންވަރުގައި ހުރި ނަމަވެސް، ބޮޑު މައްސަލައެއް އެބަ އޮތެވެ. ކަރަންޓް ކާރުތަކާއި ޑްރައިވަރެއް ނެތް ކާރުތައް ދުއްވުމަށްޓަކައި މަގުތައް އަދި ތައްޔާރެއް ނުކުރެވެ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަގެ ހާލަތަކީ ވެސް މި އެވެ.
ކަރަންޓް ކާރުތައް މަގުތަކަށް ނެރެން ފެށުމާ އެކު، ޕެޓްރޯލް ޝެޑްތައް އުވެން ފަށާނެ އެވެ. ހަމަ އެއާ އެކު، ކާރުތައް ޗާޖުކުރުމަށް ބޭނުންވާ، ޗާޖިން ޕޮއިންޓްތަކަށް ބޭނުންޖެހޭނެ އެވެ. ކަރަންޓް ކާރުތަކުގެ ވިޔަފާރި އަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެސް މި އެވެ.
ކަރަންޓް ކާރުތައް ފަސޭހަކަމާ އެކު ޗާޖުކުރުމަށްޓަކައި، މުއްސަނދި ގައުމުތަކުން ތަފާތު ޓެކްނޮލޮޖީ އަށް ވިސްނަ އެވެ. ކާރުތައް ދުއްވާފައި ދާއިރު، ވަޔަލެސްކޮށް ޗާޖުކުރުމަކީ ވެސް އޮތް އިޚުތިޔާރެކެވެ. އެކަމަކު ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ބުރަ ކަމަށް ވެ އެވެ. ސަބަބަކީ ވަޔަލެސް ޗާޖިޕް ޕެޑްތަކެއް، މަގުތަކުގައި ވަޅުލަން ޖެހުމެވެ.
އަމިއްލަ އަށް ދުވާ ކާރުތައް މަގުތަކަށް ނެރޭއިރު، އެއިން އުޅަނދަކުން މީހެއްގެ ގައިގައި ޖެހި، އަނިޔާއެއް ވެދާނެ ކަމަށް އާންމުން ގަންނަ ބިރު ވަރަށް ބޮޑެވެ. އެ އިތުބާރު ހޯދުމަށް ލައްކަ މަސައްކަތްކުރަން ޖެހެ އެވެ. އެ ކަމަށް ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.
ކަރަންޓް ކާރުތަކަށް އެކަށީގެން ވާ ވަރަށް ޗާޖިން ޕޮއިޓްތަކެއް ބޭނުންވޭ
ކަރަންޓް ކާރުތައް މަގުތަކަށް ނުކުންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ