ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ޚާއްސަ ބަލިތަކާ ބެހޭ ޑޮކްޓަރަކަށް ދައްކަން ލަފާދިން ނަމަވެސް 22 ދުވަސްވީ އިރު ވެސް އެފަދަ ޑޮކްޓަރަކަށް ދެއްކިފައި ނުވާ ކަމަށް ރިޔާޒުގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.
ކިނބިދޫ ދައިރާގެ މަޖިލިސް މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ އަބްދުﷲ ރިޔާޒު ފުލުހުން ހައްޔަރު ކުރީ މާޗު މަހުގެ ދެވަނަ ދުވަހު މާލޭގައި ކުރިއަށް ދިޔަ އިހުތިޖާޖުގެ ތެރެއިން މަޖީދީ މަގުގައި މަޑުކޮށްގެން ހުންނަވަނިކޮށެވެ.
ރިޔާޒުގެ ވަކީލު އަބްދުﷲ ޝާއިރު މިއަދު ކުރައްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ މުވައްކިލު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ވައަތުފައިގެ ބޮޑުވާ އިނގިލީގައި އިންފެކްޝަނެއް ހެދިފައިވާ ކަމަށާއި އެކަމާ ގުޅިގެން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް މީގެ 22 ދުވަސް ކުރިން ޖަލުގައި ހުންނަވާ ޑޮކްޓަރު ލަފާ ދެއްވި ކަމަށެވެ.
އެހެންނަމަވެސް މިއަދާ ހަމައަށްވެސް އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރަކަަށް އެޕޮއިންޓްމަންޓެއް ލިބިފައި ނުވާ ކަމަށް ބުނެ ރިޔާޒު ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށް ޝައިރު ވިދާޅުވި،،
ޖުމްހޫރީ ޕާޓީން ވަނީ އެމައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ އަބްދުﷲ ރިޔާޒުގެ ބޭސްފަރުވާގެ ކަންކަމުގައި ސަރުކާރުން އަމަލުކުރަމުންދާ ލާއިންސަނީ ގޮތާ ދޭތެރޭ ކަންބޮޑުވާ ކަމަށެވެ.
ޖޭޕީން ބުނީ އިންސާނެއްގެ ގައިގަ އެހާބޮޑު ވޭނެއް އަޅަންމުންދާއިރު ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ނުދިނުމަކީ އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތްކަން ހާމަވާ ކަމެއް ކަަމަށެވެ. އަދި މިފަދަ ކަންކަން ބަލައި މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޖޭޕީން ވަނީ ބުނެފަ އެވެ.
އަބްދުﷲ ރިޔާޒު ޑޮކްޓަރަށް ދައްކައިނުދެތީ ވަކީލާއި ޖޭޕީން ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ