ނުވަ ޤައިދީއަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި ޙުކުމް ބާޠިލްކޮށްފި

މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ނުވަ ޤައިދީން ދޫކޮށްލުމަށް ކޮށްފައިވާ އަމުރާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ނުބެލޭނެކަމަށް ކަނޑައަޅާފައިވާ ބައި ސްޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
މި ޙުކުމްތައް ބާޠިލް މިކުރީ ކުއްލި ޙާލަތު އިޢުލާންކޮށް ސުޕްރީމް ކޯޓުން ނެގި ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބާރުތައް އަނބުރާ ދިން ފަހުންނެވެ.
މި ޙުކުމްގައި މިނިވަން ކުރަން އަމުރުކޮށްފައިވާ ނުވަ ގައިދީންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕީޖީ މުހުތާޒް މުހުސިނާއި ގއ.މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްއެވެ.
އިތުރު ތަފްޞީލް އަންނަނީ ................
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ