ޑޫޒިއަންސް ފައުންޑޭޝަނުން ޤުރުއާން މުބާރާތެއް ބާއްވައފި

ތުއްތުކުދިންގެ ޤުރުއާން މުބާރާުތުގެ ނަމުގައި ޑޫޒިއަންސް ފައުންޑޭޝަނުން ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ.
 
ޑޫޒިއަންސް ފައުންޑޭޝަންގެ މެމްބަރ އަހުމަދު ހައްސާންގެ ދަރިފުޅު، އަލްމަރުހޫމް މުހައްމަދު އަހުމަދު ހައްސާންގެ ހަނދާނުގައި އެ ފައުންޑޭޝަނުން ބޭއްވި މި ޤުރުއާން މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މީދޫ ޕްރީ ސްކޫލާއި މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެންނެވެ.
 
މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ޑޫޒިއަންސް ފައުންޑޭޝަންގެ ރައީސް މުހައްމަދު ފަރުހާން ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ތުއްތުކުދިންގެ ހިތުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރަށުގައި ބާއްވާ އެހެނިހެން މުބާރާތްތަކަށް ކުދިން ހޭނުވުންކަމަށެވެ. 
1 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މިމުބާރާތުގައި ޖުމްލަ 65 ދަރިވަރުން ބައިވެރިވެފައިވާއިރު މިމުބާރާތް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ވިސްނުން ގެންގުޅުއްވާކަމަށްވެސް ޑޫޒިއަންސް ފައުންޑޭޝަނުން މައުލޫމާތުދެއްވިއެވެ. އެގޮތުން އެފައުންޑޭޝަނުން މަސައްކަތްކުރަމުންދަނީ މުބާރާތެއްގެ ބަދަލުގައި ޤުރުއާން ކުލާސްތަކެއް ކުދިންނަށް ގެންދިޔުމަށްކަމަށްވެސް ފަރުހާން ފާހަގަކުރެއްވިއެވެ.
 
މިމުބާރާތް ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދެއްވި އެންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، މީދޫ ޕްރީ ސްކޫލާއި މީދޫ އެކުވެރި ކުލަބާއި، މީދޫ ޖަމްޢިއްޔަތުއްޞަލާހާއި، ހަވާސްގެ އިތުރުން މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ސިކްސް ބީ، ޑިފަރެންސް، އައިޓީ ސޮލިޔުޝަންސް، ދެރަމް، މޫރި، ލިޓަސް، ކެޕްޓަން މޯލްޑިވްސް، ކުރިބޯށި އާއިލާއާއި އަންބަރީގޭ މުހައްމަދު ޝަރީފްގެ ނަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރާކަމަށްވެސް ޑޫޒިއަންސް ފައުންޑޭޝަނުން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ