ބ. އަތޮޅަށް މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި

ނ. އަތޮޅުން ފެށިގެން ލ.
އަތޮޅާ ހަމައަށް މިއަދު މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މި ވައިޓް
އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:00 ފެށިގެން މެންދުރު 14:00 އަށެވެ. މި
ވަގުތުތަކުގައި މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑާ އެކު 35
މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ހުޅަނގާއި
ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ
ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ
ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ނެރުނު މޫސުން
ލަފާކުރާގޮތުގެ ބަޔާނުގައި ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް
35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
ދެކުނުގެ އަތޮޅު ތަކުގެ
ކަނޑުތައް މަޑުވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ
ކަމަށް މެޓުން ލަފާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ