މިދިޔަ އަހަރެއްހާ ދުވަހު އޭޓީއެމް ތަކުން 490 މިލިއަން ޑޮލަރު ނެގި

ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން 490 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނަގާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ. ބީއެމްއެލް އިން ޑޮލަރު އޭޓީއެމް ހުޅުމާލޭގައި ހުޅުއްވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ، އޭޓީއެމް މެދުވެރިކޮށް ޑަލަރު ނެގޭ ހިދުމަތް ތައާރަފް ކުރި ދުވަހުން ފެށިގެން އެ ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. "މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވޭ. އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވޭ،" ޓިމް ސޯޔާރ ވިދާޅުވި އެވެ. ޑޮލަރު އޭޓީއެމްތަކުން 490 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ނަގާފައިވާއިރު ކަސްޓަމަރުން ބޭނުންވާ މިންވަރަށް އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ދެވެމުންދާކަން ޓިމް ސޯޔާރ ވަނީ ފާހަގަ ކޮށްފަ އެވެ. ބީއެމްއެލްއަކީ ޑޮލަރު އޭޓީއެމް ރާއްޖޭގައި ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. ޑޮލަރު އޭޓީއެމްގެ ހިދުމަތް ބީއެމްއެލް އިން ފަށާފައިވަނީ 2014 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ