އޮޅުވެލި ރިސޯޓުން އިތުރު 32 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 58 އަށް

ސަން ސިޔާމް އޮޅުވެލި ރިސޯޓުން އިތުރު 32 މީހަކު ޕޮޒިޓިވްވެ، ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 58 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ 32 މުވައްޒަފަކު ހިމެނޭ ކަމަށެވެ.
އެ ރިސޯޓުން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެއީ އަލާމާތްތައް ހުރެގެން ޓެސްޓުކުރި މުވައްޒަފުންތަކެކެވެ.
އޮޅުވެލި ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނައިރު އެ ރިސޯޓުގައި އަންނަނީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިހާތަނަށް އެ ރިސޯޓުން ވަނީ 160 އަށްވުރެ ގިނަ ރެންޑަމް ސާމްޕަލް ނަގައިފައެވެ.
ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ އިތުރުން ބިޔާދޫ އައިލެންޑް ރިސޯޓާއި އޮބްލޫ ސަންގެލީ އަދި އިރުވެލި ރިސޯޓުންވެސް ވަނީ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 87 މީހުންގެ ތެރެއިން 41 މީހަކު ޕޮޒިޓިވްވީ ރިސޯޓުތަކުންނެވެ. ދެން ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 13 މީހަކާއި ސަފާރީތަކާއި ޔޮޓްތަކުން ޕޮޒިޓިވްވި ތިން މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ