ކީރިތި ގުރުއާނާ ބެހޭ މަރުކަޒަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ހުރ މުހިންމު މުއައްސަސާއަކަށް ހެދުމުގެ މަސައްކަތް ވެރިކަމުގައި ހުންނެވިއިރު ވެސް ކުރެއްވި ކަމަށާއި ޕީޕީއެމްގެ ސަރުކާރުން ވެސް އެ މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެ މަރުކަޒު ހުޅުވުމުގެ މަގުސަދަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ހުރި މުހިންމު މުއައްސަސާއަކަށް އެ މުއައްސަސާ ހެދުން ކަމަށެވެ. ޑިސެމްބަރު 22، 2000، ގައި އެ މަރުކަޒު ހުޅުވިއިރު މަގުސަދާ އެއްގޮތަށް މި ސަރުކާރުން ވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހުޅުވި ޖަލްސާގައި އަޅުގަނޑު ދަންނަވާލެވޭތޯ އޭރު ބެލިން ދެކުނު އޭޝިއާ ސަރަހައްދުގައި ހުރި މިފަދަ އެންމެ މުހިންމު މުއައްސަސާކަމަށް ހެދުމޭ ސަރުކާރުން އެކަން ކުރަން ގަސްތުކުރާ ގޮތަކީ. އޭރު ވެސް އެ މަސައްކަތް ކުރެވެމުން ދިޔަ، މިހާރު ވެސް ކުރެވެމުން އެބަދޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ކީތިރި ގުރުއާނާ ބެހޭ މަރުކަޒު ހުޅުވީ ޑިސެމްބަރު 22، 2000، ވަނަ އަހަރު ރޯދަ މަހުގެ 27 ވިލޭރެ އެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް 13 އަހަރު ވެފައިވާއިރު، އެ މަރުކަޒު މިހާރު ދަނީ ގުރުއާންގެ ފަންނަ ދަސްކޮށްދިނުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ. އެ މަރުކަޒުގެ ޖާގައިގެ ދަތިކަން ދިމާވެ، މިހާރު އެ މަރުކަޒުގެ 10 ބުރީގެ އާ އިމާރާތެއް އެޅުމަށް ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ.ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދުގެ އިރުޝާދުގެ ދަށުން ގުރުއާނާ ބެހޭ މަރުކަޒު ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި ވޭތުވެދިޔަ 13 އަހަރު ދުވަހުގެ ތެރޭ މަރުކަޒު ވަނީ ވަރަށް ބޮޑަށް ތަރައްގީ ވެފައި ކަމަށާއި މިހާރު ވެސް އެ މަރުކަޒުން 2570 ދަރިވަރުން ކިޔަވަމުންދިއުމަކީ އުފާ ކުރަންޖެހޭ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
ގުރުއާނާ ބެހޭ މަރުކަޒަކީ ސަރަހައްދުގެ މުހިންމު މުއައްސަސާއަކަށް ހަދަން ބޭނުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ