ރައީސުލް ޖުމްހޫރިއްޔާ މާދަމާ އިންޑިޔާއަށް ފުރާ ވަޑައިގައިގަންނަވާނެ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި މާދަމާ އިންޑިޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު "ވަން އޮންލައިން" އަށް ވިދާޅުވީ، އިންޑިއާގައި މާދަމާ ކުޅޭ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް ސޯލިހު އިންޑިޔާއަށް ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ހޫދު ވިދާޅުވީ، މި ދަތުރުފުޅަކީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވިރާޓް ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެ މެޗް އޮންނާނީ މާދަމާ ރޭ، ރާއްޖެ ގަޑިން 7:30 ގައި ބެންގަލޫރުގަ އެވެ.
މި ދަތުރު ފުޅަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ހޯމަ ދުވަހު އެވެ.
ހޫދު ވިދާޅުވީ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމުގައިވިޔަސް މި ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ