ގެއަކުން ވަގަށް ނަގާފައިވާ ކަރަންޓް ކީހެއް ހޯދައި މީހަކު ހައްޔަރުކޮށްފި

ގދ.ގައްދޫ ގެއަކުން ވަގަށް ނަގާފައިވާ ކަރަންޓް ކީހެއް ހޯދައި 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މެއި މަހުގެ 8 ވަނަ ދުވަހު ގައްދޫ ގެއަކުން ކަރަންޓް ކީހެއް ވަގަށް ނަގާފައިވާކަމަށް ބުނެ ގައްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު  މައްސަލައަކާއި ގުޅިގެން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި މެއި މަހުގެ 9 ވަނަ ދުވަހުގެ ހަވީރު 16:30 ހާއިރު ކަމަށެވެ.
ވަގަށް ނަގާފައިވާ ކަރަންޓް ކީސް ފެނިފައިވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ އެވަގުތު ދުއްވި ސައިކަލް ބަލައިފާސްކުރިއިރު އެސައިކަލް ވަށިގަނޑު ތެރެއިން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ