ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ހުޅުއްވާފައިވާ އޮފީހުގައި ހަރުކޮށްފައިވާ ނަން ބޯޑާއި، ޕީޕީއެމްގެ ދިދަ ގެންދިޔަ މައްސަލައާއި ގުޅިގެން ދައުވާކުރައްވާނެކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިކަން ހާމަކުރައްވާފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަ ނެތި ބަޔަކު ވަދެ ގެއްލުންދީފައިވާތީ، އެކަމާއި ދައުވާ ކުރައްވާނެކަމަށެވެ.
"އަޅުގަނޑު ކުއްޔަށް ހިފާފައިވާ އިމާރާތަކަށް ހުއްދަނެތި ބަޔަކު ވަދެ ގެއްލުންދީފައިވާތީ އެކަމާއި އިރާދަކުރެއްވިއްޔާ ދައުވާ ކުރާނަން." މައުމޫން ވިދާޅުވެފައިވެއެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ހުޅުއްވާފައިވާ އޮފީހުގައި ހަރުކޮށްފައިވާ ނަން ބޯޑާއި، ޕީޕީއެމްގެ ދިދަ ގެންދިޔަ މައްސަލައާއި ގުޅިގެން ދައުވާކުރައްވާނެކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު، ފުލުހުން އެތަކެތި ގެންދިޔައީ ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރަކާއި ގުޅިގެންނެވެ.
ސިވިލް ކޯޓްގެ އަމުރުގައި ބުނެފައިވަނީ ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާއި ހަވާލްކޮށް ކޮށްފައިވާ ހުކުމުގައި ކަނޑައަޅާފައިވާގޮތާއި ޚިލާފަށް ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދާ، ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކޮށްގެން އަދި ޕީޕީއެމްގެ ނަމުގައި ޖަލްސާ ބާއްވައި އެއްވެސް ހަރަކާތެއް ހިންގާނަމަ އެކަމެއް ހުއްޓުވުމަށާއި، ޕީޕީއެމްގެ ނަމުގައި ހ.ތެމާގައި ހަދާފައިވާ ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގުން ހުއްޓުވުމަށާއި، އެތަނުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އެތަނުން ނަގާ އެފަދަ އެއްވެސް ހަރަކާތެއް ހިންދިޔަ ނުދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަމުރުކުރާކަމަށެވެ.
އެހެންކަމުން މިއަދު އިރުއޮއްސި ހައެއްޖެހުމުގެ ކުރިން ޕީޕީއެމްގެ ރައީސްގެ ނަމުގައި ހުޅުވާފައިވާ އޮފީސް ބަންދުކޮށް ދިދަ އާއި ނަންބޯޑް ނަގަން އަންގާކަމަށް ފުލުުހުން ވަނީ ބުނެފައެވެ. އަދި މި ވަގުތުގައި އެކަން ނުކޮށްފިނަމަ ފުލުހުން އެތަކެތި ނަގާނެކަމަށާ އަދި އެތަކެތި ނެގުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާނުވާނެކަމަށް ވަނީ ބުނެފައެވެ.
ފުލުުހުން ދިން ވަގުތުގައި އެކަންކޮށްފައިނުވާތީ ފުލުހުން މައުމޫންގެ އޮފީހަށް ވަދެފައިވަނީ ހުއްދަ ހޯދުމެއްނެތި އޮފީހުގެ ދޮރު ހަލާކުކޮށްލައިގެންނެވެ.
އޮފީހަށް ވަދެގަތް މީހުންނާއި ދެކޮޅަށް ދައުވާކުރާނަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ