ޝަރުއީ ނިޒާމު ހަލާކުކޮށްލީ ވެލެޒިނީ: ގާސިމް

ރާއްޖޭގެ ޝަރުއީ ނިޒާމުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޖުޑިޝަލް ޝާރވިސް ކޮމިޝަން (ޖޭއެސްސީ) ހަލާކުކޮށްލީ އެކޮމިޝަނުގައި ކުރިން ހުންނެވި ރައީސް ނަޝީދުގެ ފަރާތުން އެކޮމިޝަނަށް އައްޔަންކޮށްފައިވާ މެމްބަރު އާއިޝަތު ވެލެޒިނީ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރ އަދި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބަރާހިމް ވިދާޅުވެއްޖެއެވެ.
ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ޖޭޕީން ބާއްވަމުންއަންނަ ސިލްސިލާ ޖަލްސާތަކު ތެރެއިން ރޭ އެޕާޓީން ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖޭއެސްސީ މަސައްކަތް ކުރިއަށް ނުދިއައީ ރައީސް ނަޝީދުގެ ފަރާތުން އައްޔަންކުރި ވެލެޒިނީގެ ސަބަބުން ކަމަށާއި އަދި އޭނާގެ ސަބަބުން ޖޭއެސްސީ މުޅިން ހާލާކުވެގެން ދިޔަކަމަށެވެ. ނަމަވެސް އެކޮމިޝަނުގެ މެމްބަރުންގެ މަސައްކަތުން މިއަދު އެތަން ވަރަށް ބޮޑުތަން ރަނގަޅުކަމަށާއި ހަމައަކަށް އެޅިފައިވާ ކަމަށެވެ.
"ޖުޑީޝަލް ސާރވިސްގެ މައްސައްކަތް ކުރިއަށް ނުދިޔައީ ކެނެރީގެ މުހައްމަދު ނަޝީދުގެ ވެރިކަމުގަ އޭނާ އެތަނަށްލި ވެލިޒިނީ ކިޔާ މީހަކު އެތަނަށްއައިސް އެތަން މުޅިން ހަލާކުކޮށްލީ، މިކަމުގެ ސަބަބުން އެތަން ހަލާކުވެދިޔައީ، މިއަދު އަޅުގަނޑުމެން އެތައް މަސައްކަތެއް ކޮށްގެން އެތަން އެއަންނަނީ ހަމައަކަށް އެޅެމުން،" ޖޭއެސްސީގެ މެމްބަރު އަދި ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މެމްބަރެއްގެ ގޮތުގައި ހުރެ ވެލެޒިނީ ވަނީ ޖޭއެސްސީ އިސްހުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ދަށު ކޯޓުތަކަށް ފަނޑިޔާރުން އަންޔަންކޮށްފައިވާ ގޮތާމެދު ހިންހަމަ ނުޖެހިގެން ވަރަށް ފާޅުކަން ބޮޑު ގޮތަށް އަޑު އުފުލާފައިވެއެވެ. އަދި ފަނޑިޔާރުން ދާއިމީ ކުރުމަށް ފަނޑިޔާރުންގެ ހުވާކުރި ރަސްމިއްޔާތުގައިވެސް ޖޭއެސްސީގެ ގާނޫނާ ހިލާފަށް ފަނޑިޔާރުން އައްޔަން ނުކުރުމަށް ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ