ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ނައިފަރަށާއި ހިންނަވަރަށް ވަޑައިގެންފި އެވެ.
ނައިފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ގާސިމް ވިދާޅުވީ ވިލާ ކޮލެޖްގެ ފަރާތުން ރަށްރަށުގައި އަޅާ ކެމްޕަސްތަކުގެ ތެރެއިން އެންމެ ރަނގަޅު ކެމްޕަސް އިމާރާތް ކުރާނީ ނައިފަރުގައި ކަމަށެވެ. އަދި އެރަށުގެ ޒުވާނުންނާ ބައްދަލު ކުރެއްވުމަށްފަހު ފުޓްބޯޅަ އެސޯސިއޭޝަނުން ރަށްރަށުގައި ހަދަން ނިންމި ފުޓްސަލް ދަނޑުތަކުގެ ތެރެއިން ނައިފަރުގައި ހަދާ ދެ ފުޓްސެލް ދަނޑުގެ ހަރަދު ސްޕޮންސާ ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ނައިފަރުގައި މިހާރު ބޭނުންކުރަމުންދާ ފުޓްބޯޅަ ދަނޑުގައި ޗޭންޖިން ރޫމްއެއް ހެދުމަށާއި ދަނޑުގެ ކަންކަން ރަނގަޅު ކުރަން ފަސްލައްކަ ރުފިޔާގެ އެހީއެއް ދެއްވާނެ ކަމަށް ވެސް ގާސިމް ވައުދުވެ ވަޑައިގެންނެވި އެވެ.
ނައިފަރަށް ފަހު ގާސިމް ދެން ވަޑައިގެންނެވީ އެ އަތޮޅު ހިންނަވަރަށެވެ. ހިންނަވަރުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގާސިމަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ޖޭޕީން މިރޭ ހިންނަވަރުގައި ޖަލްސާއެއް ވެސް ބާއްވާނެ އެވެ.
ނައިފަރަށާއި ހިންނަވަރަށް ގާސިމް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ