ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު ހައްޔަރުކުރޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަމުފުޅަށް ކަމަށް ޝަރީއަތުގައި ވިދާޅުވުން ނޫން ގޮތެއް ނެތްކަމަށް ނަޝީދުގެ ވެރިކަމުގައި އެންމެ ފަހުން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލައިގައި މައުލޫމާތު ނުދެއްވައި ހުންނެވުމަށް ފަހު އިންޑިއާގެ ދަ ޓައިމްސް އޮފް އިންޑިއާއަށް ދެއްވި އިންޓަވިއުގައި ތޮލްހަތު ވިދާޅުވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރު ކުރުމަށް ނަޝީދު ކުރެއްވި އަމުރަކީ ގޯސް އަމުރެއް ކަމަށާއި، އެހެން ނަމަވެސް އެ އަމުރު ތަންފީޒުކޮށްފައިވަނީ އެ ނޫން ގޮތެއް ނެތިގެން ކަމަށެވެ.
މި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ތޮލްހަތު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އަސްކަރިއްޔާއަށް އޮންނަނީ ފުލުހުން އެދިއްޖެ ހާލަތެއްގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށާއި، އެގޮތުގެ މަތިން އިސް ގާޒީ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނުގައި ފުލުހުންނާއެކު ސިފައިން ވެސް ފޮނުއްވި ކަމަށެވެ.
އަބްދުﷲ މުޙައްމަދު ހައްޔަރުކުރުމާއެކު، އދ އާއި އެހެނިހެން ވެސް ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ސަރަހައްދީ ޤައުމުތަކާއި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ވަނީ އޭނާ ދޫކޮށްލުމަށް ނަޝީދަށް ގޮވާލާފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ވަނީ ގާޒީ އަބްދުﷲ މުޙައްމަދު ދޫކޮށްލުމަށް ގޮވާލާފަ އެވެ.
އެހެން ނަމަވެސް މިއިން އެއްވެސް ގޮވާލުމަކަށް އިޖާބަ ނުދެއްވުމުގެ ނަތީޖާއަކަށްވީ މިދިޔަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމެވެ.
ރާއްޖޭން ބޭރުގެ ނަންބަރުތަކަކުން ފުލުހުންނަށް ގުޅައި އިންޒާރުދެމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ނޫސްވެރިންގެ ބައްދަލްވުމެއްގަ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ފުލުހުންނަށް ބިރު ދެއްކުމުގެ ގޮތުން އިންޒާރުގެ ކޯލްތަކާއި މެސެޖުތަކެއް ބޭރުގެ ނަންބަރުތަކަކުން ކުރަމުންދާ ކަމަށާ އަދި އެ މައްސަލަތައް ތަހުގީކޮށް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިންޒާރު ދެމުން ގެންދަނީ ކޮން ނަންބަރުތަކަކުން ކަން ވެސް އަދި އެއީ ކޮން ގައުމުތަކެއްގެ ނަންބަރުތަކަކުންކަން ބުނެފައެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ އިންޒާރުދީ ބިރު ދައްކަމުން ގެންދާއިރު ފުލުހުންނަށް ދޭ ހަމަލާތަކާއި އެ އިންޒާރުތަކައި ގުޅުން އެބަހުރި ކަމަށެވެ.
ނަވާޒު ވިދާޅުވީ ފުލުހުންނަށް މަގުމަތިން ދިމާކޮށް އިންޒާރުދީ ހަދާ އިރު، އަދި ރާއްޖޭން ބޭރުން ފުލުހުންގެ ފޯނަށް ގުޅައި އަދި އެސްއެމްއެސްކޮށް ބިރުދައްކާއިރު ފުލުހުންނާ މަގުމަތިން ދިމާކޮށް ފުލުހުންގެ ދަރިންނަށް ނަފްސާނީ ގޮތުން އަސަރުކުރާ ގޮތަށް ބައެއް ފަރާތްތަކުން އަމަލު ކުރާ ކަމަށެވެ.
މާލޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅޭގޮތުން ނަވާޒް ވިދާޅުވީ މާލެ ތެރޭގައި މިހާރު ހިނގާ ކަންތައްތަކަކީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިނގަމުންދާ ކަންތައްތަކެއް ކަމަށާއި އެފަދަ ކަންތައްތަކަކީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ބުނެވިދާނެ ކަމުގެ ޖާގަ އެބައޮތް ކަމަށެވެ.
އިސް ގާޒީ ހައްޔަރު ކުރީ ނަޝީދުގެ އަމުރަށް: ތޮލްހަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ