ކުރީގެ ރައީސް އަލްއުސްތާޛް މައުމޫނު އަބްދުލް ޤައްޔޫމް މާލެ ވަޑައިގަތުން


ދިވެހިރާއްޖެއާ މެލޭޝިއާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫނު އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
 
އެމަނިކުފާނު މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު  ޑރ. މަހާތިރު މުޙައްމަދާ އެކު ބޭއްވި ބައްދަލުވުމުގައި، މެލޭޝިޔާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ތައުލީމީ ގޮތުންނާއި ވިޔަފާރީއާ އެހެނިހެން ދާއިރާތަކުން ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މައުމޫނު ވިދާޅުވިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަނީ ރައީސް އަބްދުﷲ ޔާމީން ޚާއްސަ ސިޓީފުޅެއް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރަށް އަރުވާފައެވެ.
 
 
މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގަތުމުން، ސަރުކާރުގެ ވަޒީރުންނާ ޕާޓީއަށް ތާއިދުކުރާ ފަރާތްތަކުން ވަނީ ފާލަންދޮށަށް އެއްވެ މަރުހަބާ ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ