އިދިކޮޅު ފަރާތްތަކުން މިހާރު ހިންގަމުންދާ ހުރިހާ ހައިޖާނެއްގެ ޒިންމާ ގާސިމް އިބްރާހީމް އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެންވަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތާރިގު އެހެން ވިދާޅުވީ އިއްޔެ އިދިކޮޅު ފަރާތްތަކުން މަޖީދީ މަގުގައި މުޒާހަރާ ކުރަމުން ދަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ތޯރިގު ސިފަ ކުރައްވާފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ވިޔަފާރިތަކަށް ދަތިކޮށް ރާއްޖޭގެ ނަން ހުތުރުކޮށް ޓޫރިޒަމް ހުއްޓުވާލާ އާއްމުންނަށް އުނދަގޫ ކުރުމަށެވެ. Viyafaari thakah dhathikoh, raajjeyge thasavvuru huthuru koh, tourism huttuvaalaa, aammun nah un'dhagoo kuran idhokolhun mi hingaa haijaanu ge zinmaa @qasimibrahim ufullavan jeheyne.— Thoriq Ibrahim (@Thoriqibrahim) March 2, 2018
އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ހައިޖާންތަކުގެ ޒިންމާ ގާސިމް އިބްރާހީމް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ތޯރިގު ވިދާޅުވި އިރު ތޯރިގަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓަށް ވަޑައިގެންނެވި ބޭފުޅެކެވެ. ގާސިމް ސަރުކާރުން ވަކިވެވަޑައިގެންނެވުމުން ތޯރިގު ޖޭޕީ ދޫކުރައްވާ ޕީޕީއެމާ ގުޅިވަޑައިގެންނެވިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަކީ ވެސް ޖޭޕީ ކޯލިޝަނުން ވަކިވުމުން އެޕާޓީ ދޫކޮށް ޕީޕީއެމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ސައީދު ވެސް ގެންދަވަނީ ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އިދިކޮޅުން ހިންގަމުންދާ ހައިޖާނުގެ ޒިންމާ ގާސިމް އުފުއްލަވަން ޖެހޭނެ: ތޯރިގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ