އަންނަ އަހަރަށް ލަފާކޮށް، 978 ބިލިއަން ސައުދީ ރިޔާލު (260 ބިލިއަން އެމެރިކާ ޑޮލަރު) ގެ ބަޖެޓު ފާސްކޮށްފިއެވެ.
ބަޖެޓު ފާސްކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާ ބަޖެޓު ފާސްކޮށްދެއްވީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ.
އެ ރަސްމިއްޔާތުގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރަސްގެފާނު ސަލްމާން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ އެގައުމުގެ ތާރީހުގައިވެސް ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓު ކަމަށެވެ. ބަޖެޓުގެ ސަބަބުން ފާއިތުވި އަހަރުތަކާ އަޅައި ބަލާއިރު ތެލުގެ އަގު ދަށްވާނެ ކަމަށް ރަސްގެފާނު ސަލްމާން ވިދާޅުވިއެވެ.
އެ ބަޖެޓުގެ ސަބަބުން 2030 ވަނަ އަހަރުގެ ތަސައްވުރު ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމަށާއި ގައުމުގެ އިގުތިސާދު ރަނގަޅުވެ، ސަރުކާރަށް ލިބޭ އާމުދަނީ ރަނގަޅުވެގެންދާނެ ކަމަށް ރަސްގެފާނު ސަލްމާން ވިދާޅުވިއެވެ.
ފާއިތުވި އަހަރު، ސައުދީގެ ދަރަނި 12.8 އިންސައްތައަށް އަރާފައިވާ އިރު، މި އަހަރުގެ ދަރަނި ވަނީ 8.9 އިންސައްތަ ދަށްވެފައެވެ. އެއީ ފާއިތުވި އަހަރަށް ބަލާލާއިރު 3.9 އިންސައްތައިގެ ކުރިއެރުމެކެވެ. ސައުދީގެ އަންނަ އަހަރުގެ ބަޖެޓް އަމާޒުކުރެވިފައވަނީ އެގައުމުގައި އެ އަހަރުގައި ބޮލަކަށް ޖެހޭ އާމްދަނީ އަށްވުރެ، ދަރަނި އަށެއް އިންސައްތައަށް ދަށްކުރުމަށެވެ.
2018 އަށް ސައުދީން 978 ބިލިއަން ރިޔާލުގެ ބަޖެޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ