ހުޅުމާލޭގައި ސައިކަލަކާއި ޓްރަކެއްޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ޓްރަކަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓްޓެއް ހިނގައިިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވިގޮތުގައި ހުޅުމާލެ ރެޑްވޭވް ކައިރީ ހިނގި މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 18:00 ހާއިރުއެވެ.
މި އެކްސިޑެންޑް ހިނގި އިރު ޓްރަކް ދުއްވަން އިނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށާއި، ސައިކަލް ދުއްވަން އިނީ 22 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި އެކްސިޑެންޑްގައި އުޅަނދު ދުއްވަން އިން ދެމީހުން އަތުގައިވެސް އެ ކެޓަގަރީގެ ލައިސެންސް ނެތްކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި އެކްސިޑެންޓްގައި އަނިޔާ ލިބިފައިވަނީ ސައިކަލް ދުއްވަން އިން މީހާއަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ދިނުމަށް ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި އެކްސިޑެންޓްގައި ސައިކަލްއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި އެކްސިޑްންޓާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފޮޓޯ: މުހައްމަދު އާޒިފް/ މީސްމީޑިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ