ސިފައިންގެ ވޯޓުލުމުގެ ހައްގު ނިގުޅައި ނުގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ގޮވާލައްވައިފިއެވެ.
މެލޭޝިޔާގައި ހުންނަވައިގެން ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ ސިފައިންނަކީ ގައުމުގެ ދިފާއުގައި ތިއްބަވާ ބަތަލުންތަކެއް ކަމަށާއި އެ ބޭފުޅުންގެ ވޯތުލުމުގެ ހައްގު ނިގުޅައި ނުގަތުމަށް އެދޭ ކަމަށެވެ.@MNDF_mv personnel are heroes who stand guard over our sovereignty. Don't deprive them of their electoral rights!— Maumoon Abdul Gayoom (@maumoonagayoom) March 2, 2017
ސިފައިންނަށް ވޯޓު ލެވޭ ގޮތަށް ސިފައިންގެ ގާނޫނުގައި އޮތް މާއްދާ އުވާލަން ސަރުކާރުން ވަނީ ނިންމާފައެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ އެ ގޮތަށް ނިންމެވީ ސިފައިން ސިޔާސީ ނުފޒުން އެއްކިބާވެފައިވާ ބަޔަކަށް ހެދުމަށް ކަމަށެވެ.
ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރާނެކަން އިއުލާން ކުރުމާއެކު އިދިކޮޅު ފަރާތްތަކުން ދަނީ އެ މައްސަލާގައި ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ސިފައިންގެ ވޯޓުލުމުގެ ހައްގު ނިގުޅައިނުގަނޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ