ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލޭ ސިޓީ ކައުންސިލުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން މި ރޭ ޖައިފި އެވެ.
ޕީޕީއެމުގެ ރައީސް މައުމޫނު އަބުުދުލް ގައްޔޫމުގެ ފެކްޝަނުގައި ހަރަކާތްތެރިވަމުންދާ ޒައިދު ހައްޔަރުކޮށްފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންކަމަށް ޒައިދުގެ ވަކީލް އަހުމަދު މަހްފޫޒް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވިގޮތުގައި ޒައިދުގެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދެވޭނީ އޭނާ އާ ބައްދަލުކޮށްފައެވެ.
ޕީޕީއެމް ޓިކެޓުގައި މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވެފައިވާ ޒައިދު ހައްޔަރުކުރީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ގެވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހިގެން އައި ދުވަހު ކޯޓުންވަނީ ޖަހާފައެވެ. އޭނާ ހައްޔަރުކުރީ
މީހަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގަ ކޯޓް އަމުރެއްގެ ދަށުންނެވެ.
ރައީސް ޔާމީނުގެ ބައެއް އަމަލުފުޅުތަކަށް ދެކޮޅު ހައްދަވަމުންގެންދަވާ ޒައިދު އަކީ ޕީޕީއެމުގެ ކައުންސިލުގައި ވެސް މަސައްކަތް ކުރެއްވި މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ