ކޮވިޑުގައި އިތުރު މީހަކު މަރުވެ، ޖުމުލަ މަރު 103 އަށް އަރައިފި

ކޮވިޑު19ގައި އިތުރު މީހަކު މަރުވެ އެ ބަލީގައި ރާއްޖެ އިން މަރުވި މީހުންގެ ޖުމްލަ އަދަދު 103 އަށް އަރައިފި އެވެ. އެޗްޕީއޭ އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 79 އަހަރުގެ ދިވެހި އަންހެނަކު ރޭ 11:14 އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ. މިއީ ކޮވިޑުގައި ރާއްޖެއިން މަރުވި 103 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ކޮވިޑު ޖެހިގެން ރާއްޖޭގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާ އިރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް މިހާރު ހުރީ ވަރަށް މަތީގަ އެވެ. މިވަގުތު 16،900 އަަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 268 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ