ކާށިދޫން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލައިފި

ކ. ކާށިދޫން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 32 ރަބަރު ޕެކެޓާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ ކާށިދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާގުޅިގެން، މި މަހުގެ 11 ވަނަ ދުވަހު މެންދުރުފަހުގެ ވަތުތެއްގައި، މިމީހާ ދިރިއުޅޭ ގޭ މީހުންގެ ހުއްދައާއެކު އެގެއަށްވަދެ، އޭނަ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކޮށް އެ ކޮޓަރިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 32 ރަބަރު ޕެކެޓް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާއަކީ ވައްކަންކުރުމުގެ ދެ މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ ޙުކުމްކޮށްފައިވާ މީހެއް ކަމަށާއި އޭގެ އިތުރުން،  އޭނާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި 12 ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި 6 ފަހަރަކު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ