ދުންޔާ މައުމޫން- ޚާރިޖީ ވަޒީރުކަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް!

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ޕީޕީއެމްގެ ރައީސް، ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު އައްޔަނު ކުރައްވައިފިއެވެ.
މިސަރުކާރުގެ ފުރަތަމަ ޚާރިޖީ ވަޒީރުކަން ކުރެއްވެވީވެސް ދުންޔާ މައުމޫން އެވެ. އެކަމަނާ މަޤާމުން އިސްތިއުފާ ދެއްވީ ރާއްޖޭގައި މަރަށް މަރު ހިފަން އުޅޭތީ އެކަމާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވެއެވެ. އެވަގުތަކީ ޕީޕީއެމްގެ ތެރޭގައި ރައީސް ޢަބްދުﷲ ޔާމީނަށް ތާއީދުކުރާ މެންބަރުންނާއި ރައީސް މައުމޫނަށް ތާއީދުކުރާ މެންބަރުންގެ މެދުގައި މައްސަލަތައް އުފެދިފައި އޮތް ވަގުތެކެވެ.
އެދުވަސްކޮޅުތެރޭގައި ޔުމްނާ މައުމޫން ވެސް ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ނައިބުކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ. ޣައްސާން މައުމޫން މިހާރުވެސް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ.
ރައީސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ދުންޔާ މައުމޫން ވަނީ ޚާރިޖީ ވުޒާރާގެ މުހިންމު މަޤާމުތަކެއް އަދާކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ