ފިންގަޕްރިންޓް ނެތް މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކުރުމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ނިމެންދެން ޕާޓީތަކުން މެމްބަރުން ވަކިކުރުން ފަސްކުރުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ އެމްޑީޕީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން މެމްބަރުން ވަކިކުރުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
އެމްޑީޕީގެ އިތުރުން މިމައްސަލައިގެ ތެރެއަށް ޑީއާރްޕީ އަދި އަދާލަތުން ޕާޓީއިން ވެސް ވަނީ ވަދެފައެވެ.
ފިންގަޕްރިންޓް ނުޖަހައި ހުރި ފޯމު ތަކުގައި ފިންގަޕްރިންޓް ޖެހުމަށް އީސީއިން ދިން ހަ މަސް ދުވަހުގެ މުއްދަތު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެހެންކަމުން އީސީއިން މީގެ ކުރިން ބުނެފައި ވަނީ ފިންގަޕްރިންޓް ޖެހުމަށް ފަހު ފޯމު ހުށަނާޅާ ފަރާތްތައް ޕާޓީގެ މެމްބަރު ކަމުން ވަކި ވާނެ ކަމަށެވެ.
ފިންގަޕްރިންޓް މައްސަލާގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ލަފާ ދެއްވާފައިވަނީ ގާނޫނު އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކުރި މެމްބަރުންގެ ފިންގަޕްރިންޓް ހުށަހަޅަން ނޭންގޭނެ ކަމަށެވެ. އެކަމަކު އީސީން އަދި އެ ލަފައަށް އަމަލުކޮށްފައެއް ނުވާކަން ފާހަގަކޮށްލެވެއެވެ.
ފިންގަޕްރިންޓް ނެތް މެންބަރުން ޕާޓީތަކުން ވަކިކުރުން ފަސްކުރުމަށް އީސީގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ