ކޯޓުން ފައްތިޔަ ނެގުމުން 100 ފޫޓަށްވުރެ ބޮޑު ގއ، ވިލިނގިލީ ދޯންޏެއް އަޅާނެ ތަނެއް ނެތިފަ

ގއ. ވިލިނގިލީގެ އޮޑިވެރިއެއް ކަމަށްވާ އިބްރާހީމް ތައްޚާނުގެ މަސްދޯނި އަޅަމުން އައި ފައްތިޔަ ކޯޓު އަމުރެއްގެ ދަށުން ހުސްކުރަންޖެހުމުން އިބްރާހީމް ތައްޚާނަށް ދޯނި އަޅާނެ ޖާގައެއް މިހާރު ނެތްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރަށު ކައުންސިލް މެންބަރު ނިޔާޒް ވިދާޅުވީ އެ ފައްތިޔަ އިބްރާހީމް ތައްޚާން ބޭނުންކުރަމުން ގެންދާތާ މިހާރު 6 އަހަރު ދުވަހަށްވުރެ ގިނަ ވެދާނެ ކަމަށެވެ. އަދި އެފައްތިޔައަކީ ރަށު ކައުންސިލުން އޭނާއަށް ދީފައިވާ ފައްތިޔައެއް ކަމަށާއި ފައްތިޔަ ހުސްކުރީ ރަށުގައި ނެތް ދޯންޏެއްގެ ޖާގައަށް ކަމަށް ބުނެ ކަމަށެވެ.
"ކޯޓުގެ އަމުރާ ގުޅިގެން ފުލުހުންގެ އަމުރަށް މިހާރު ވަނީ ދޯނި އެތަނުން ނަންގުވާފަ. ރަށު ކައުންސިލުން ދީފައި ހުންނަ ތަންތަނުގައި ދޯނިފަހަރު ނުއެޅޭނަމަ ދެން ކިހިނެއްތޯ ކައުންސިލުން ގޮތެއް ހަދާނީ؟ ކައުންސިލުން މިހާރުވެސް އެ ޖާގަ ދީފައިވަނީ އިބްރާހީމް ތައްޚާނަށް."
ނިޔާޒް ވިދާޅުވީ ވިލިނގިލީ ބަނދަރަކީ ވަރަށް ފުރިފައިވާ ބަނދަރެއް ކަމަށާއި ވަރަށް ގަދަވާ ބަނދަރެއް ކަމަށެވެ. އަދި އިބްރާހީމް ތައްޚާނުގެ ދޯންޏަކީ 100 ފޯޓަށްވުރެ ބޮޑު ދޯންޏެއް ކަމަށާއި ގަދަވެއްޖެ ނަމަ ފައްތިޔަ ނެތުމުގެ ސަބަބުން ކޮންމެ ފަދަ ބޮޑު ގެއްލުމެއްވެސް ދޯންޏަށް ލިބިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ