މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށުނު ދުވަސް: ގާސިމް

މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށުނު ދުވަސްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް 5 މަހާއި 13 ދުވަހު ޖަލުބަންދުގައި ބެހެއްޓުމަށްފަހު މިއަދު މިނިވަންކުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ގާސިމް ވިދާޅުވީ އިބްރާހިމް ސިޔާދު ގާސިމް މިނިވަންވުމުން މާތްﷲއަށް ޙަމްދުކުރާކަމަށެވެ.
އަދި މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށުނު ދުވަސްކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އިބްރާހިމް ސިޔާދު ގާސިމް ޖަލުގެ އަނިޔާވެރިކަމުން މިންޖުވެގެން ދިއުމަކީ އެމަނިިކުފާނަށް ލިބުނު ވަރަށް ބޮޑު އުފާފުޅެއްކަމަށެވެ. އަދި މިއީ ހައްގުގެ މަގަށް އެޅުނު ފިޔަވަޅެއްކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް ވަނީ މިވަގުތު ޖަލުގައި އަނިޔާ ލިބެމުންދާ ހުރިހާ ބޭފުޅުން މިނިވަން ކުރެއްވުން އެދި މާތްﷲ ސުބުޙާނަހޫވަތަޢާލާޣޭ ޙަސްރަތުގައި ދުޢާ ދަންނަވާކަމަށް ވިދާޅުވެފައެވެ.
ގާސިމް އިބްރާހިމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް 5 މަހާއި 13 ދުވަހު ޖަލުބަންދުގައި ބެހެއްޓުމަށްފަހު މިއަދު މިނިވަންކުރުމާއި ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، އާންމު ރައްޔިތުންވެސް ގެންދަވަނީ ގާސިމް އިބްރާހިމާއި، ސިޔާދު ގާސިމަށް މަރުހަބާ ކިޔަމުންނެވެ.
އަދި މިއީ ހައްގަށް ލިބުނު ވަރަށް ބޮޑު ނަސްރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ދުވަހަކުވެސް ސިޔާސީ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރީ ސިޔާދުގެ ބައްޕަ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރަށް ނުފެނުމުން އެކަމުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށް އާންމު ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ