ލޯތްބާއެކު ގާޒާގެ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް ހާއްސަ ކެމްޕޭނެއް ފަށައިފި
މިހާރު އެންމެ ހަތަރު ގަޑިއިރު ކަރަންޓު ލިބެމުންދާ ގާޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ގިނަ ވަގުތު ކަރަންޓު ފޯރުކޮށްދިނުމަށް އެހީވާން އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި އެވެ. މީގެ ކުރިންވެސް ގާޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް އެހީވާން ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިފަހަރު އެއިޑް ކެމްޕޭނުން ފުރުސަތު ހުޅުވާލީ ކަރަންޓު ގާޒާގެ ރައްޔިތުނަށް 10 ގަޑިއިރަށް ފޯރުކޮށްދިނުމަށްޓަކައި އެހީތެރިވެދޭން ބޭނުންވާ ކޮންމެ މީހަކު އެންމެ މަދުވެގެން 50 ޑޮލަރު އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށެވެ. އެހީގެ ފައިސާ ފޮނުވާނެ އެކައުންޓު ނަމްބަރުތައް އިސްލާމިކް ބޭކް ރުފިޔާއިން ނަމަ: 7770000014818 ޑޮލަރުން ނަމަ: 7770000014817 އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ހޮޓްލައިން 9122121 އަށް ގުޅުވުމަށް އެފަރާތުން އެދެ އެވެ. އެހީވުމުގެ ފުރުސަތުގެ މުއްދަތު ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށް އެއިޑް ކެމްޕޭނުން ބުންޏެވެ. "ލޯތްބާއެކު" ދިވެހިންގެ ފަރާތުން ފޯރުކޮށްދިން އެހީއަށް ގާޒާގެ ރައްޔިތުންނަށް ފެން އަޅާނެ ބޮޑެތި ކަޅުހަންތަކެއް އިއްޔެ އާއި މިއަދު ވަނީ ހަދިޔާ ކޮށްފަ އެވެ. އެއިޑް ކެމްޕޭނުން ބުނީ 250 ލިޓަރުގެ ފެން ރައްކާކުރެވޭ ކަޅުހަން 600 އަށް ވުރެ ގިނަ އާއިލާއަށް ފޯރުކޮށްދެވުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ