ދޮގު މައުލޫމާތުތަކެއް ދިން ކަމުގެ ތުހުމަތުގައި މައުމޫން ހަމީދު ފުލުހަށް ހާޒިރު ކުރަނީ

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދާފައިވާ ހެކި ތަކަކާއި ބެހޭ ގޮތުން ދޮގު މައުލޫމާތުތަކެއް މީޑީއާއަށް ދިން ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުން ހޯދާފައިވާ ހެކިތަކަކާއި ބެހޭ ގޮތުން ދޮގު މައުލޫމާތު ދިން ކަމަށް މައުމޫން ހަމީދުގެ މައްޗަށް ތުހުމަތު ކުރަނީ ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކައި ގުޅިގެންނެވެ. މައުމޫން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 10 އެއް ޖަހާއިރުއެވެ.
މައުމޫން ވަނީ ވަގުތު ބޭކާރު ކުރަން ނޫޅުމަށާއި އެ ދުވަހު ގެ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑިން ހުންނާނެ ކަމަށާއި މައްސަލައެއް އޮތް ނަމަ އަވަހަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވުމަށް މިއަދު އެދިވަޑައިގެންފައެވެ. Oh, and you know what? I don't have time to waste on what we both know is an abuse of the criminal justice system, & you should have the recording anyway, so please go ahead & ask @PGO_MV to file "charges" against me already.Do ask them to bring their A-game this time, though.— Maumoon Hameed (@maanhameed) June 5, 2018
ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން ރައީސް މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އުޅުއްވި ހުސައިން ޝަމީމް ވެސް ޕޮލިހަށް ހާޒިރުކޮށްފައިވެއެވެ. ފުލުހުން ތަހުގީގު ކުރި އެ މައްސަލައާއި ގުޅިގެން ޝަމީމުވަނީ ސަސްޕެންޑު ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ