ފައިނު އެއާޕޯޓް އަޅަން ފައިސާ ހޯދާނީ ދުރާލާ ޓިކެޓް ވިއްކައިގެން: އައިއޭއެސް

ފައިނުގައި އެއާޕޯޓް އަޅަން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ފައިސާ ހޯދާނީ ރިސޯޓުތަކަށް އެޑްވާންސްކޮށް ޓިކެޓު ވިއްކައިގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރ. ފައިނުގައި ރީޖަނަލް އެއާޕޯޓެއް އަޅަން، ސަރުކާރުން ވަނީ ގައުމީ އެއާލައިން "މޯލްޑިވިއަން" އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން އަށް އިއްޔެ ހަވާލުކޮށްފަ އެވެ.
ފައިނު އެއާޕޯޓު ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރަން ބޭނުންވާ އަށް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ) ހޯދަން ޓިކެޓު ވިއްކާނީ ރ. އަތޮޅުގައި ހިންގާ ރިސޯޓުތަކާއި މަޝްހޫރު ޓޫރިޒަމް ކުންފުނި، ޔުނިވާސަލްގެ ރިސޯޓުތަކަށް ކަމަށެވެ.
ފައިނު އެއާޕޯޓް ކުރުކޮށް
އެއާޕޯޓުގެ އަގު އަށް މިލިއަން ޑޮލަރުއެއް އަހަރުން މަސައްކަތް ނިންމާލާނެދެ ސިޓީ ހޮޓަލާއި މެޑިކަލް ސެންޓެއް ހުރޭފައިސާ ހޯދަނީ އެޑްވާން ޓިކެޓުންޓިކެޓު ވިއްކަނީ ރިސޯޓުތަަށް
އޭނާ އިތުރަށް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ރަންވޭ އާއި ޓާމިނަލް ކަމަށެވެ. އަދި އެއާޕޯޓު އަހަރެއްގެ ތެރޭގައި ހުޅުވާނެ ކަމަށް ހާރިސް ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ ފައިނު އެއާޕޯޓާއެކު ދެ ސިޓީ ހޮޓަލާއި މެޑިކަލް ސެންޓަރެއްގެ އިތުރުން މަތިންދާ ބޯޓްތަކަށް ހިދުމަތްދޭނެ ހެނގަރެއްގެ އިތުރު ސްޓާފުން ތަމްރީން ކުރާނެ ވަސީލަތްތަކެއް ގާއިމް ކުރަން ނިންމާފަ އެވެ. މީގެ އިތުރުން ފައިނު އެއާޕޯޓުގައި ލައުންޖާއި ރެސްޓޯރެންޓެއް ވެސް ހުންނާނެ އެވެ.
ރ. އަތޮޅަކީ ޓޫރިޒަމް ފުޅާވަމުންދާ އަތޮޅެކެވެ. މި އަތޮޅުގައި މިހާރު ހަތް ރިސޯޓެއް ހިންގަމުންދެ އެވެ.
ސަރުކާރުން ދަނީ ގިނަ ރީޖަނަލް އެއާޕޯޓްތަކެއްގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކުޅުދުއްފުޓާއި ފޮނަދޫ އަދި މާފަރުގެ އިތުރުން އަންގާރަ ދުވަހު ވަނީ ޅ. މަޑިވަރު އެއާޕޯޓު އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި، ކުރެއްދޫ ހޯލްޑިންސްއާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ