ރާއްޖޭގެ މަޝްހޫރު ސައިކަލް ވިއްކާ ކުންފުނި ޝީޝާގެ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައިވާ އެކައުންޓަކުން އޮޅުވާލައިގެން 18 މިލިއަން ރުފިޔާ ބަޔަކު ނަގާފައިވައިވާއިރު، އެ ފައިސާގެ ތެރެއިން ނުލިބިވާ އެ ތިންބެއިންނަށް ދިނުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އެސްބީއައިގެ ފަރާތުންނެވެ. ނަމަވެސް އެ މައްސަލަ އަދި އެ ކޯޓުން ބަލައިގެންފައެއް ނުވެއެވެ.
ވަގު ޑޮކިއުމެންޓުތަކެއް ހުށަހަޅައިގެން ޝީޝާގެ އެކައުންޓުން ބަޔަކު 18 މިލިއަން ރުފިޔާ ނެގުމުގައި އެސްބީއައިގެ އިހުމާލު އޮތްކަމަށް ކަނޑައަޅައި، އެ ތިންބެއިންނަށް ނުލިބިވާ ފައިސާ ދެއްކުމަށް އެންމެ ފުރަތަމަ ހުކުމް ކުރީ ސިވިލް ކޯޓުންނެވެ. އެކޯޓުން ކުރި ހުކުމާ މެދު ހިތްހަމަނުޖެހިގެން އެސްބީއައިގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ނިމުނީ ޝީޝާގެ ތިންބެއިންނާ އެއްކޮޅަށެވެ.
ޝީޝާ ތިން ބެއިންގެ ނަމުގައި އެސްބީއައި ގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަކުން 2011 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން ވަގު ލިޔުންތަކެއް ހުށަހަޅައިގެން 18 މިލިއަން ރުފިޔާ ނެގި މައްސަލަގާއި ބައެއްގެ މައްޗަށް ދައުލަތުން ވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލާފައެވެ.
ޝީޝާގެ އެކައުންޓުން 18 މިލިއަން ރުފިޔާ ނެގި މައްސަލަ ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ