ސްކޫލް ދަރިވަރެއްގެ ބޮލަށް ފަންކާ ވެއްޓިއްޖެ

"ފަންކާ ބޮލަށް ވެއްޓިދާނެ ހެއްޔެވެ؟" ބޮލަށް ފަންކާ ވެއްޓިދާނެ ކަމުގެ ބިރު އޮވެއެވެ. އެފަދަ ކަމެއް ވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އެގޮތުން ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ބޮލަށް މިވަނީ ފަންކާ ވެއްޓިފައެވެ. މިއީ މިދިޔަ ހަފްތާގެ ތެރޭގައި އިންޑިޔާގެ ސުލައިޚާނާ ހައި ސުކޫލުގައި ހިނގާފައިވާ ހާދިސާއެެކެވެ. ފަންކަ ވެއްޓުމުގެ ސަބަބުން އެ ސުކޫލުގެ ގްރޭޑު 10 ގައި ކިޔަވަމުން ދިޔަ މިލީ ސެތީއަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.
ކުލާހުގެ ފަންކާ، މިލީގެ ބޮލަށް ވެއްޓުމާއެކު އޭނާވަނީ ޑިސްޓްރިކްޓް ހެޑްކުއާޓާ ހޮސްޕިޓަލަށް ގެންގޮސް އެނދުމަތިކޮށް، އޮބްސަވޭޝަންގައި ބާއްވާފައެވެ. އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިލީގެ ބޮލަށް ފަންކާ ވެއްޓުމުގެ ސަބަބުން އޭނަގެ ބޮލުން ތަނެއް ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ބޮލުގައި ބާރަށް ފަންކާއިން ޖެހުމުގެ ސަބަބުން މިލީވަނި ހޭވެސް ނެތިފައެވެ.
ޑިސްޓްރިކްޓް ހެޑްކުއާޓާ ހޮސްޕިޓަލުން އެޤަމުގެ ނޫސްތަކާ ހަވާލާދީ ބުނެފައިވަނީ ފަންކާ ވެއްޓުނު ހާދިސާގެ ސަބަބުން، ބޯފެޅުން ފިޔަވާ އިތުރު އެއްވެސް ގެެއްލުމެއް، އެއްވެސްް ކުއްޖަކަށް ލިބިފައިނުވާ ކަމަށެވެ.
ފަންކާ ވެއްޓުނު މައްސަލަ މިހާރު ގެންދަނީ އިންޑިޔާގެ ފުލުހުންނާއި، ސުލައިޚާނާ ހައި ސުކޫލާއި ގުޅިގެން ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ