ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ލިޔެލާޖަހާ ތަކެތި ހޯދަން އިއުލާންކޮށްފިއެވެ. މިއީ ސުޕްރީމް ކޯޓުން ލިޔެލާ ޖަހާތަކެތި ހޯދުމަށް މިއަހަރުގެ ތެރޭގައި އިއުލާންކުރި ދެވަނަ ފަހަރެވެ.އެންމެ ފުރަަތަމަ 26 ޖެނުއަރީގައި އެ ކޯޓުން ކުރި އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ. އެކޯޓުން އިއްޔެ ދެވަނަ ފަހަރަށް ލިޔެލާ ޖަހާތަކެތި ހޯދަން އިއުލާންކުރީ އެހެންވެއެވެ. ިމިފަހަރު ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ފެބްރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސުޕްރީމް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ފެބްރުވަރީ 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހަޅަން ޖެހޭނެއެވެ.ސުޕްރީމް ކޯޓުން ލިޔެލާ ޖަހަން ބޭނުންވާ ތަކެތި ހޯދަނީ ކޮންބޭނުމަކު ކަމެއް އެ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ރާއްޖޭގައި ސުޕްރީމް ކޯޓު އުފެއްދި ފަހުން އެ ކޯޓުން މިގޮތަށް ލިޔެލާ ޖަހާތަކެތި ހޯދަން އިއުލާންކުރި ކަމެއް ނޭނގެއެވެ.ކުރިން ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި ތީމުގޭގައި ހިނގަމުންދާ ސުޕްރީމް ކޯޓަކީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ބަލަހައްޓާ ތަނެކެވެ. ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައީސް ސޯލިހް އަންގަވާފައި ވަނިކޮށް ސުޕްރީމް ކޯޓުން ލިޔެލާ ޖަހާތަކެތި ހޯދަމުން އަންނައިރު އެކޯޓުން ވަނީ މަހަކު އެއްފަހަރު ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބަލައިލުމުގެ ފުރުސަތު އާންމުންނަށް ދިނުމަށް ކޮންމެ މަހަކު ޓުއާއެއް ބާއްވަން ނިންމާފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސުޕްރީމް ކޯޓުން ލިޔެލާޖެހި ތަކެތި ހޯދަން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ