ކުޑަކުއްޖާ ރޭޕްކުރުން މައުމޫން ސިފަކުރެއްވީ ޖަނަވާރުގެ އަމަލެއްގެ ގޮތުގައި

ދެކުނުގެ އަތޮޅެއްގައި އެންމެ ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކު ރޭޕްކޮށްލުމަކީ ޖަނަވާރުންގެ އަމަލެއް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެެވެ.މައުމޫންގެ ޓްވީޓްގައި ވަނީ ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހިމެނޭ އެންމެންނަށް ޤާނޫނުގައި އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް ގޮވާލައްވާފައެވެ. "ގަބޫލުކުރަންވެސް ދަތި 'ޖަނަވާރުންގެ އަމަލެއް'. އެކަން ކުރި ބަޔަކަށް ގާނޫނީ ގޮތުން ދޭންޖެހޭ އެންމެ ބޮޑު އަދަދުދޭން ޖެހޭނެ." ރައީސް މައުމޫންގެ ޓްވީޓްގައި ލިޔުއްވާފައިވއެވެ.ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ބަލަމުން އަންނައިރު އެ މައްސަލަ އާއި ބެހޭގޮތުން ތަފާތު ވާހަކަތަކެއް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ތުއްތު ކުއްޖާއަށް އާއިލާގެ ގިނަ ބަޔަކު ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބައެއް މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެފަރާތްތަކުގެ ތެރޭގައި ތުއްތު ކުއްޖާގެ ބައްޕަ ހިމެނޭ ކަމަށް ވެސް ސޯޝަލް މީޑިޔާގައި ދަނީ އަޑުފެތުރެމުންނެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ