ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަނީ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި 4 ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ނިންމާފައި މިވަނީ އެ ފަނޑިޔާރުން ސުޕްރީމް ކޯޓުގެ އިހުތިސޯސުން ބޭރުން ކޮށްފައިވާ ކަންކަމާ ގުޅިގެން ކަމަށް ބުނެއެވެ. 4 ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމާފައިވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.އެ ބައްދަލުވުމުގައި ނިންމާފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލަ ބެލުމަށެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ