ކޯޓުން ބޭރުގައި ޤާނޫނާއި ޚިލާފަށް ކައިވެނި ކުރުމާއި ބެހޭގޮތުން ބާއްވާ ދަރުސް މިރޭ
ކޯޓުން ބޭރުގައި ޤާނޫނާއި ޚިލާފަށް ކައިވެނި ކުރުމާއި ބެހޭގޮތުން ބާއްވާ ދަރުސް މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން އިންތިޒާމް ކުރާ މިދަރުސް އޮންނާނީ 26 އޭޕްރީލް 2014 ހޮނޮހިރު ދުވަހުގެ ރޭ 20:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލްގައިކަމަށް އެމިނިސްޓްރީއިން ހާމަކުރެއެވެ. އެމިނިސްޓްރީއިން ހާމަކުރި ގޮތުގައި ދަރުސް ދެއްވާނީ އަލްއުސްތާޛު ހަސަން ސައީދު ކަމަށާއި ދަރުސް ގެ މައުލޫއަކީ “ކޯޓުން ބޭރުގައި ޤާނޫނާއި ޚިލާފަށް ކައިވެނި ކުރުން” ކަމަށެވެ.މިދަރުސްއަށް ވީހާވެސް ގިނަ ބަޔަކު ހާޒިރު ވުމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސްކުރެއެވެ. މިދަރުސް ދިއިސްލާމް ސްޓްރީމް އިން އިންޝާﷲ ލައިވްކުރާނެއެވެ.ލިންކް: ފޭސްބުކް އިވެންޓް ޕޭޖް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ