މަރަދޫ ސްކޫލް މޮޅުވި އިރު ފޭދޫ ސްކޫލަށް ހަނި މޮޅެއް

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު 13 އަހަރުން ދަށުގެ 2 މެޗްގެ ތެރެއިން މަރަދޫ ސްކޫލާއި ހިތަދޫ ސްކޫލް ކުޅުނު މެޗް 5-0 ލަނޑުން މަރަދޫ ސްކޫލް ކާމިޔާބް ކުރި އިރު 2 ވަނަ މެޗް ފޭދޫ ޓީމް ކާމިޔާބް ކޮށްފިއެވެ.
ހިތަދޫ ސްކޫލާއި މަރަދޫ ސްކޫލް ކުޅުނު މެޗްގައި މަރަދޫ ސްކޫލުން ޖެހި 5 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހައި ހެޓްރިކް ހެދީ އަބްދުﷲ ލަސްވާންއެވެ. އެޓީމްގެ އަނެއް ދެލަނޑު ޖެހީ އިސްމާއިލް ސިއާން ފަތުހީއެވެ.
މަރަދޫފެދޫ އާއި ފޭދޫ ސްކޫލް ބައްދަލު ކުރި މެޗް ނިމުނީ 4-5 ލަނޑުން ފޭދޫ ސްކޫލް މޮޅުވެގެންނެވެ. ފެދޫ ސްކޫލުން ޖެހި 5 ލަނޑުގެތެރެއިން 4 ލަނޑު ޖެހީ ސިދާމް އަލީއެވެ. އަނެއް ލަނޑަކީ މަރަދޫ ފެދޫ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މަރަދޫފޭދޫ ޓީމްގެ ލަނޑުތައް ޖަހާދީފައިވަނީ ހަސަން އަބާން ނިޖާހް އާއި ހަސަން ޒިދާން މުހައްމަދު އަލީ އަދި އަލީ އައިންއެވެ. ޒިދާން އަލީ ވަނީ ދެ ގޯލް ޖަހާފައެވެ.
މާދަމާ ކުޅޭނީ މުބާރާތުގެ 15 އަހަރުން ދަށުގެ މެޗެކެވެ. ބައްދަލު ކުރާނީ ފޭދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ